ކޮސޯވޯ މިނިވަންވެފައި ވަނީ ސާބިޔާގެ ދަށުންނެވެ. މިނިވަންވެ ޔޫރަޕްގައި އިތުރު އިސްލާމީ ގައުމެއްގެ ގޮތުގައި އެގައުމު ވަނީ ގާއިމުވެފައެވެ. މިސަބަބާއިހެދި، ކޮސޯވޯގެ މައްސަލައާއި، ސާބިޔާގެ އޮޓޮޕޯ ރިވޮލިއުޝަނާއި، ސާބިޔާގެ ކެންވާސް ޖަމާއަތާއި، ރައީސް ނަޝީދާއި، އެމަނިކުފާނުގެ އިޓަލީ ދަތުރުފުޅާއި އީސާއީންގެ ބޮޑު އިމާމު ޕޯޕް ބެނެޑިކްޓާއި އިގިރޭސި އަދި ޔޫރަޕްގެ ކޮންޒަވޭޓިވް ޚިޔާލުގެ ސިޔާސީ ޕާޓީތަކުގެ މަގުސަދު ގުޅިމެހިފައިވާ ގޮތުގެ މައްޗަށް ހަދާ ރިޕޯޓެއް ﷲ ގެ ވާގިފުޅާއިއެކު މިސައިޓުގައި ޝާއިޢު ކުރެވި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ރަސްމީ ސިފައެއްގައި ކުރިއަށް އޮތް ހަފުތާ ތެރޭގައި ފޮނުވޭނެއެވެ.އެމްޑީޕީއަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބު ކާމިޔާބުކޮށްދީ އިގިރޭސި ވިލާތުގައި އޮންނަހެން ފުރަތަމަ ވެރިކަމުގެ އެންމެ މުހިއްމު ދެބާރު، އޭގެފަހުގައި ދެންހުރިބާރުތައް އެއްކޮއްލުމަށް އިގިރޭސި ކޮންޒަވޭޓިވުން ވަނީ މަސައްކަތް ރަސްމީގޮތުން ފައްޓާފައެވެ. މިކަމުގައި އިގިރޭސި ކޮންޒަވޭޓިވް ފަސާދަވެރިޔާ، އެޕާޓީގެ ވައިސް ޗެއާމަން ވަނީ ދިވެހިރާއްޖޭގައި މިމަސައްކަތުގައި ހަރަކާތްރެތިވުމަށް އިގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން އެތަކެއް މުނާފިގުންނެއް ރާއްޖެ ފޮނުވާފައެވެ.
އެމީހުން ހަރަކާތްތެރިވާ އެއްގޮތަކީ ރާއްޖޭގެ މުހިއްމު ސިޔާސީ ޝަޚުޞިއްޔަތުތައް ގަތުލުކޮށް (ކެރެކްޓަރ އެސާސިނޭޝަން) އެބޭފުޅުންގެ ނަން ހުތުރުކޮށް އަބުރު ނަގާލުމުގެ ކެމްޕޭން ސިއްރިޔާތުގައި އެމީހުންގެ އިދިކޮޅުމީހުން ލައްވާ އެއްބަޔަކު އަނެއްބަޔަކާއި ދެކޮޅަށް ކުރުވުމެވެ. އިގިރޭސި ކޮންޒަވޭޓިވްން ދެކެނީ އެމީހުންނަށް ރާއްޖޭގައި ކުރިމަތިވާނެ އެންމެ ބޮޑު ހުރަހަކީ ހިމޭން އިންގިލާބީންކަމުގައެވެ. އެއީ ހޭލަމުން އަންނަ އެއްވެސް ސިޔާސީ ޕާޓީއަކާއި ނުގުޅޭ ވަރުގަދަ ޒުވާނުންގެ ވަޠަނީ ޙަރަކާތަކަށް ހަރަކާތް ވެފައިވާތީއެވެ.
މިސަބަބާއި ހެދި އެމީހުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ނެރެ މިފަހަރުގެ އިންތިޚާބުގައި ބޭނުންކުރުމަށް ވިސްނާފައިވާ އެއް އުކުޅަކީ ހިތުން ހިމޭން އިންގިލާބީންނަށް ފާޑުކިޔާ ކަމުގެ ޙަގީގަތް ހޯދަން އުދަގޫވާނެކަމަށް ފެންނަ ދިމަދިމާލުން ބޯޅަޖަހަމުން ގެންދިއުމުވެ. އޭގެ އެއް ކަމަކީ ކޮސޯވޯގެ އަސްލެއްނެތް ފަސާދައިގެ މައްސަލައާއި ގަތަރުގެ އަމީރު ވެދެއްވި އެހީތަކާއި ބެހޭ މައްސަލައެވެ.
ކޮސޯވޯގެ މިނިވަންކަން ގަބޫލު ކުރުމަށް ދިވެހި ސަރުކާރުގެ އޮފިޝަލުންތަކެއް 2 މިލިއަން ޑޮަލަރުގެ ރިޝްވަތެއް ގަބޫލުކުރި ކަމުގެ އަޑުއެރުވުމާއި އަދި ގަތަޜުގެ އަމީރު ވެދެއްވި އެހީތަކާއި ބެހޭ ދެމައްސަލައިގެ އަޑުވެސް މީޑިއާއަށް ނެރެދިނީ ސީދާ މިހާރުގެ ރައީސް ނަޝީދު އަމިއްލަފުޅަށެވެ. ރައީސް ނަޝީދު މިފަދަ ބޮޑު ދެ ދޮގު ހައްދަވާފައިވަނީ، އޭނާ އިޓަލީ ވިލާތަށް ކުރެއްވި ދަތުރުގައި ސިއްރިޔާތުގައި ނުވަތަ ދިވެހިވަފުދަށް އޮޅުވާލުމެއްގެ ތެރޭގައި އިޓަލީ ސަރުކާރުގެ އޮފިޝަލުންގެ ނަމުގައިކަމަށް ހައްދަވާ އީސާއީންގެ ވެޓިކަން ސިޓީގެ ބޮޑުފާދިރީ ޕޯޕްގެ އެޖެންޓުންނާއި ބައްދަލުކުރެއްވުމަށްފަހު މާލެ ވަޑަައިގަންނަވާފައެވެ.
ކޮންޒަވޭޓިވް ޕާޓިގެ ރޭވުމާއި އެއްގޮތަށް ރައީސް ނަޝީދު ޖައްސަވާފައި އެވަނީ އެއްދޮނުގައި ދެބުޅިއެއްނޫނެވެ. 3 ބުޅިއެވެ. މިވާހަކަތައް އަމާޒުކުރެވިފައިވަނީ އަންނަ މަޖުލީހުގެ ކެމްޕޭންއާއިއެވެ. ޓާގެޓްކޮށް އަމާޒުކޮށްފައިވަނީ ގައުމީ ޕާޓީއަށާއި ދިވެހިރައްޔިތުންގެ ޕާޓިއަށެވެ. އަނެއްކޮޅުން ސާބިޔާގެ އޮޓޮޕޯ ހަރަކާތާއި، ކެންވާސް ޖަމާޢަތުގެ ރުހުމާއި، ޔޫރަޕްގެ ކޮންސަވޭޓިވް އާއިލާގެ ސިޔާސީ ޕާޓީތަކުގެ ރުހުމާއި އެމީހުން އަތުން ފައިސާ އާއި އެހެނިހެން ވަސީލަތް އަމިއްލަ ޕާޓީގެ ކެމްޕޭނަށް ހޯއްދެވުމެވެ.
ކޮސޯވޯގެ މައްސަލަ ނެގި އައިޑީޕީގެ އުމަރު ނަސީރު އެމައްސަލަ ނަގާފައިވަނީ އޭނާއަށް ލިބިފައިވާ ހިންތާއެއްގެ ދަށުން ކަމުގައި ހިމޭން އިންގިލާބީން ޔަގީންކޮށްދެމެވެ. ކޮންޒަވޭޓިވް އެޖެންޓުންތަކެއް އޭނާއަށް ގަސްތުގައި ދީފައިވާ ދޮގުމައުލޫމާތުގެ އަލީގައެވެ. އެއީ ކޮންސަވޭޓިވްން މަސައްކަތް ކުރާގޮތެވެ. ސީދާ އަމާޒަށް އަމިއްލަ އަތުން ދުނިދޫނުކޮށް އެހެން މީހުން ލައްވާ، ޚާއްޞަކޮށް ދެހަތުރުން ލައްވާ ތިމާމެންގެ މަގުޞަދާ ދިމާލައް މަސައްކަތް ކުރުވުމެވެ.
ކޮސޯވޯގެ މައްސަލައިގާ އަމާޒުކޮށްފައިވަނީ މިހާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުއަށެވެ. 2 މިލިއަން ޑޮަލރާއި މިކަން ގުޅުވާލާފައިއެވަނީ ޑރ. އަހުމަދު ޝަހީދު ހިމެނިވަޑައިގަންނަވާ ގައުމީ ޕާޓީގެ މަޖުލީހުގެ ކެމްޕޭން ޚަރަދު ބިނާކޮށްފައި އެވަނީ އެޕާޓީގެ އިސްވެރިން، ޝަހީދު، ޖަމީލު، ސައީދު ގުޅިގެން ނަގާފައިވާ ރިޝްވަތުގެ މައްޗަށް ކަމަށް ބުނެ ނުސީދާ ނެގަޓިވް ކެމްޕޭނެއް ޖެއްސުމުގެ ގޮތުންނެވެ.
މިއީ ސައިކޮލޮޖިކަލް ގޮތުން ދިވެހިރައްޔިތުންގެ ސިކުނޑިއާއި ކުޅުމަށް ނެރުނު ޕްރޮޕެގަންޑާއެެކެވެ. އޭރުން ހަމަ ކޮންމެ ހަރަކާތެއް ކެމްޕޭނުގައި ގައުމީ ޕާޓީން ކުރިއަސް ރައްޔިތުންގެ ހިތަށް އެއްކަލަ މައްސަލަ ހަނދާނަށް އައިސްވަންނަމުން ދާނެއެވެ. އެމީހުން އެޚަރަދުކުރަނީ ރިޝްވަތުގެ ފައިސާއޭ ޕަބްލިކް ސްޕެއަރގެ ތެރެއިން އެމްޑީޕީ އާއި، ކޮންޒަވޭޓިވުން އިތުރު ޚަރަދެއް ނުކޮށް މީހުން ކިޔަމުންދާނެއެވެ. އަދި މިއީ ވަރުގަދަ ނެގަޓިވް ކެމްޕޭނަކަށް ވެގެންދާނެއެވެ.
ފާހަގަ ކުރަންޖެހޭޭ އެންމެ ބޮޑު އެއްކަމަކީ އައިޑީޕީގެ ރައީސް ރާއްޖޭގެ ހުރިހާ މަސްވެރިން އެއްކޮށްގެން ނުވަތަ އެނޫން އެފަދަ ދިވެހިންނަށް މުހިއްމު އެހެން މައްސަލަތަކުގައި މުޒާހަރާކޮށްް މަޖުލިސް ދޮށަށް އެއްވެ ހަދަމުން ދިޔައިރު އެއިން ކަމެއް މުހިއްމުވެގެން ކެބިނެޓްގެ ޖަލްސާއެއް ނުވަތަ ފުލުހުންނަށް ގޮވާ، ނޫސްވެރިންނަށް ރައީސް އޮފިހުން ބަޔާންދީ ހަދާފައެއް ނުވެއެވެ. އެކަމަކު އައިޑީޕީގެ އުމަރު ނަސީރު ކޮސޯވޯގެ މައްސަލައިގެ ރިޝްވަތޭ ކިޔާފަ މައްސަލައެއް ހުށަހެޅުމުން އެމައްސަލަ އާއި ބެހޭގޮތުން މިސާލަކަށް އެކަމުގެ ހަގީގަތެއް ނޭގިހުރެ، ކެބިނެޓް ޖަލްސާ ބާއްވާ، ފުލުހުންނަށް ގުޅާ، މީޑިއާއަށް ރައީސް ނަޝީދު އަމިއްލަފުޅަށް ވާހަކަ ވިއްކާ ހެދުމަކީ ވަރަށް ހެއްވާކަމެއް ނޫންތޯއެވެ.
ވީކީ އެހެނެއް ނޫނޭވެ. ރައީސް ނަޝީދުއާއި ކޮންޒަވޭޓިވް ޕާޓީއިންް ފުރަތަ މިވާހަކަ ހަދާފައި ފޭކް ލިޔުންތަކެއްވެސް ދީފައި، އެމީހުންގެ އެޖެންޓުން ފޮނުވައިގެންް އައިޑީޕީގެ ރައީސް އުމަރު ނަސީރަށް ވާހަކަ ވިއްކާލީއެވެ. އުމަރު ނަސީރު ލައްވާ މައްސަލަ ސަރުކާރަށް ހުށަހަޅުވަން ވެގެންނެވެ. ރައްޔިތުންނަށް ވާނުވާއެއްގެ ދޮންކަޅު ނާންގާ ހިތުން އެއްދޮނުގައި ތިންބުޅިޖަހާލީއެވެ.
ނަމަވެސް ޑރ. ޝަހީދުގެ ގާބިލުކަމާއި އަދި ޚާރިޖީ ދާއިރާގެ ތަޖުރިބާގެ އަލީގައި މިދޮގުދަނީ ފަޅާއަރަމުންނެވެ. ރައީސް ނަޝީދުއާއި ކޮންޒަވޭޓިވް ޕާޓީގެ ފަސާދަވެރިން މިހާރު އެތިބަ ދަނީ މަޑުމަޑުން އަމިއްލަފައިން އަނެއްފަޔަށް އެރެމުންނެވެ. ޑރ. ޝަހީދު ވަޑައިގަންނަވަނީ އެމައްސަލަ ތަހުގީގުކުރުމަށް ބާރުއަޅަމުން އަދި އެފަދަ ދޮގުވާހަކައެއް ރައީސް ނަޝީދު ކޮންޒަވޭޓިވްނާއި ގުޅިގެން ރާއްޖޭގެ ނޫސްވެރިންނަށް ވިއްކަވާފައިވަތީ އޭނަލައްވާ އެކަމުގެ ހަގީގަތް ހާމަކުރުމަށް ޕްރެޝަރ ކުރަމުންނެވެ.
ޑރ. ޝަހީދު ނަންގަވަނީ ވަރަށް ވަރުގަދަ ޕޮއިންޓެކެވެ. ކޮސޯވޯގެ މިނިވަންކަން ދިވެހި ރާއްޖެ ގަބޫލުކުރީ އިގިރޭސި ސަރުކާރާއި، އެމެރިކާ ސަރުކާރު އަދި ދުނިޔޭގެ 50 އެތައްގައުމެއްގެ ތާއީދާއިއެކުއެވެ. އަދި އެގައުމުތަކުން ބާރުއެޅުމާއިވެސް އެކުގައެވެ. އެހެންވެ ޑރ. ޝަހީދު ގޮވާލަމުންދަނީ އިގިރޭސިވިލާތުގެ ސިއްރު ސާވިސް ކަމުގައިވާ އެމްއައިސިކްސް (MI 6) އާއި އެމެރިކާގެ އެފްބީއައި މެދުވެރިކޮށްގެ ދިވެހި ސަރުކާރަށް އެކަންކަމުގެ ހަގީގަތް ހޯދޭނެ ކަމަށާއި އެދެފަރާތުގެ އެހީގައި ވަރަށް ފުރިހަމަޔަށް ކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވާ ދިނުމަކީ ދިވެހިންގެ ހައްގެއް ކަމުގައެވެ. ޑރ. ޝަހީދު ނުސީދާގޮތެއްގައި، އެކަމު ސީދާ ރައީސް ނަޝީދަށް އަމާޒުކުރައްވާ ވިދާޅުވެފައިވަނީ ސަރުކާރު އިޚުލާސްތެރިނަމަ މިކަމުގެ ހަގީގަތް މިދެންނެވިފަދަ އިތުބާރުހުރި ފަރާތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ހޯދާ ދިނުމަކީ ސަރުކަރުގެ ވާޖިބެއްކަމުގައެވެ. ސިޔާސީ މަގުޞަދުތައް ހާސިލުކުރުމަށްޓަކައިވެސް ކަންކަން ކުރަންވާނީ ވަކި ޙައްދެއްގެ ތެރޭގައި ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
No comments:
Post a Comment