ދިވެހި ތާރީޚު އެމީހެއްގެ ނަން ފަވާނޭ އަދި ދިވެހިރާއްޖޭގެ ފަހުގެ ޒުވާންޖީލު ހެކިވާނޭގޮތުން ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އެންމމަތިވެރި ގުރުބާނީއެއް ވެފައިވަނީ މ.މާފުށީގޭ އަހުމަދު ޝަފީގު އިބްރާހިމް މޫސާއެވެ. ނަމަވެސް އޭނާގެ މަސައްކަތުން ރާއްޖޭގެ ވެރިކަން ބަދަލުވެ އެންމެފަހުން އެވެރިކަން ކެނެރީގެ މުހައްމަދު ނަޝީދަށް ލިބުމާއި އެކު ކަންވީ އަހަރެމެން ހީކުރި ގޮތަކަށް ނޫނެވެ. ރަގަޅު މަގާމެއް އޭނާއަށް ދެއްވާނޭ ކަމުގައި އެންމެން ހީކޮށްގެނ ތިއްބަ ގާތް އަދި ބޮޑެތި ޚާންދާންތަކުގެ މީހުންނަށް މަގާމު ބެހުމަށް ފަހު އޭނާއަށް ދެއްވީ ކޮޅުކެއްސެކެވެ.
މިފަހަރު މާވަރުގަދަ އެންވޯއިއެކޭ ކިޔާފައި 10 އަހަރު ދުވަހަށް އޭނާ ބަނދެލީއެވެ. އޭނާއަށް ޖެހެނީ 10 އަހަރު ތެރޭގައި ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހައްދަވާށެވެ. އެންމެން ހީކޮށްގެން ތިބީ އަދި އިގިރޭސި ވިލާތުގައި ތިބި ދިވެހިންވެސް އުއްމީދު ކޮށްގެން ތިބީ އިގިރޭސި ވިލާތުގައި ހުންނަވާ ދިވެހި އެމްބެސަޑަރުގެ މަގާމު އޭނާއަށްދެއްވާނެ ކަމަށެވެ. މިވީގޮތެއް ކުޑަކޮށް ހޯދާ ބަލާލީމެވެ.
ކަންވެފަ އޮތްގަތަކީ އެންމެ ފުރަތަމަ ޚާންދާނީ ގޮތުން ތަންކޮޅެއް ދެރަ ޢާއިލާއެއްގެ ދަރަޔަކަށް އަހުމަދު މޫސާވަނީއެވެ. އެހެންވީމާ އިގިރޭސިވިލާތްފަދަ ރައީސް ނަޝީދު އަރިހުގައި މުގައްދަސް ބިމަކަށް އެވަރުގެ ދެރަ ސޮރަކު ނުފޮނުވަންވެގެންނެވެ. އަހުމަދު މޫސާއަށް އިގިރޭސި ވިލާތުގައި ހުންނަވާ ސަފީރެއްގެ މަގާމު ދެއްވުމަށް ހުރަސް އެޅުއްވި އަނެއްބޭފުޅަކީ ފޮރިން މިނިސްޓަރ އަހުމަދު ޝަހީދު ކަމަށް އެގިފައިވެއެވެ. މިނިވަން ޙަރަކާތްތަކުގެ ދުވަސްވަރު ދިވެހި އޮބްޒާާވަރުގައި ޝަހީދއައި ދެކޮޅަށް ލިޔުއްވާ ހަޖޫ ޖައްސަވާ ހައްދަވާފައިވާތީ ކަމުގައިވުން އެކަށީގެންވެއެވެ.
ނަމަވެސް އަހުމަދު މޫސާ ޝަފީގު އެހާކުޑަކޮށްފައި ބަދިގެ ފަރާތަށް ލުމުގެ އަނެއް އަދި އެންމެ ބޮޑު ސަބަބަކީ އޭނާއަަކީ އޮނަރަބް ގާސިމް އިބުރާހިމް އަށް ތާޢީދުކުރާ ބޭފުޅަކަށް ވެފައި ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭނާ ޤާސިމް އިބްރާހިމް އެންޑޯޒް ކުރެއްވީތީ ކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ. އަހުމަދު މޫސާ އެންމެ ނުވަގުތުގައި ގާސިމް އިބްރާހިމް އެންޑޯސްކުރެއްވުމާއި ގުޅިގެން އެކަމުގެ ހިތްހަމަ ނުޖެހުން ރައީސް ނަޝީދުއާއި އެމްޑީޕީގެ ބޮޑުންގެ މެދުގައި އޭނާއާއި މެދު އޮންނަނީ ވަރަށް މައްޗަށްކަމަށް އެގިފައިވެއެވެ. އާދޭހެވެ! ލަނޑަޔާވާނީ ލަނޑަޔާއެވެ. އަހަރެމެން ދެރަ ސޮރުންނަށް އޮންނާނީ އަބަދުވެސް މަސައްކަތް ކުރުމެވެ. މަސައްކަތުގެ ހުރިހާ ފޮންޏެއްބޯލާނީ އެބޭފުޅުންނެވެ.
މިއީ ވަރަށް ބޮޑުތެދެއް ދިވެހިރާއްޖޭގައި ޑިމޮކްރަސީއަށް މަސައްކަތްކުރި އެންމެންގެ ތެރެއިންވެސް އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ގުރުބާނީއެއް ވެފައިވަނީ ސައްޕޭ.
ReplyDelete