ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމުގައި 10 އަހަރު ހުންނަވަން ބޭނުންފުޅުވާ ކަމަށް އިޝާރާތް ކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގައި 10 އަހަރު ހުންނަވަން ބޭނުންފުޅުވާކަމަށް އިޝާރާތް ކުރައްވައިފިއެވެ
. އެމަނިކުފާނު މިފަދައިން އިޝާރާތް ކުރެއްވީ، ރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން ފައްތާލި އައްޑޫ އޮޑި ޔާހުންބަރާހުގެ އޮޑިވެރިންނަށާއި ގެއްލުނު ފަޅުވެރީންގެ އާއިލާތަކަށް ބަދަލު ދިނުމަށް އިގިރޭސިން ޖަޕާނުން ނަގައިދިން 30000 ޕައުންޑު އޭގެ ޙައްގުވެރިންނަށް ނުދީ އަމިއްލަ ބޭނުން ކުރެއްވި ކުރީގެ ރައީސް އަމީންގެ ކާފަ ދަރިކަނބަލުން، ހ. އަމީނީގޭ ފަރަޙަނާޒް ފައިޞަލް އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް އަދި އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް މ. ދޫނިހުރާ އަލްފާޟިލް ޢަބްދުލްޢަޒީޒު ޔޫސުފް ޢައްޔަން ކުރައްވައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރކަމުގެ މަގާމަށް މ. ޕާކްލޭން ޑރ.އާމިނަތު ޝާފިޢާ އަދި އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޯލޮޖީކަމުގެ މަގާމަށް މ. މާފުށީގޭ އަލްފާޟިލް އަޙްމަދު ޝަފީޤު އިބްރާހީމް މޫސާ، ޢައްޔަން ކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވަހަކަ ފުޅު ދައްކަވަމުން އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޯލޮޖީ އަޙްމަދު ޝަފީޤު އިބްރާހީމް މޫސާގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ، 10 އަހަރު ދުވަހުގެތެރޭގައި، މިރާއްޖެއަކީ ދުނިޔޭގައިއޮތް އެންމެ ފުރަތަމަ ކާބަން ނިޔުޓްރަލް ޤައުމަކަށް ހެދުމަށްޓަކައި ސައެންސާއި ޓެކްނޯލޮޖީގެ ރޮނގުން އެކިއެކި ބާވަތުގެ މަޢްލޫމާތު ހޯއްދަވައި، ތަޙުލީލުތައް ކުރައްވައި އަދި މިކަމާގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކާ މުޢާމަލާތްތައް ހިންގަވައި، މިއަމާޒު ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށެވެ. އަދި މިއީ ޙާޞިލު ކުރެވޭނެ އަމާޒެއްކަމަށްވެސް ސަރުކާރުން ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

ދިރަސާކުރައްވާ ފަރާތްތަކުން ދެކެގޮތުގައި އަހުމަދު ޝަފީގު އިބްރާހިމް މޫސާއަށް 10 އަހަރުގެ މުއްދަތެއް ދެއްވުމަކީ ރައީސް ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމުގައި މަދުވެގެން 10 އަހަރު ހުންނަވަން ބޭނުންފުޅުވާކަމަށް ދިވެހިރައްޔިތުންނަށް ކުރެއްވި އިޝާރާތެކެވެ. އަހުމަދު ޝަފީގު އިބްރާހިމް މޫސާއަކީ މިދާއިރާގައި ޢިލްމީ ގޮތުން ޤާބިލު އަދި ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ރާއްޖޭގެ އަޒުވާނުން ހިންގި ކެމްޕޭނަށް ވަކިފަރުދެއްގެ ގޮތުން އެންމެ މަތިވެރި އަދި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅާއެވެ. ދިވެހި އާޒުވާނުންގެ ތެރޭގައި މަޝްހޫރު ނަމުން ނަމަ އެއީ ޑީއޯ ސައްޕޭ ނުވަތަ ކުޑަ ސައްޕޭއެވެ.

No comments:

Post a Comment

އަދުގެ މުހިއްމު ސުރުޚީތައް